Jump to content

ލިމްފޯމާ (ނަން ހޮޖްކިންސް)

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ނަން ހޮޖްކިންސް ލިމްފޯމާ(އިނގިރޭސި ބަހުން: Non-Hodgkin lymphoma) އަކީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށްޖެހޭ ކެންސަރުގެ ބާވަތެކެވެ. ގިނަފަހަރަށް ފަސޭހަކުރެވޭ މިބާވަތުގެ ކެންސަރު ވަރަށް ހަލުވިކަމާއެކު ފެތުރެއެވެ.

ވަކި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.

އަލާމާތްތައް

[އުނިއިތުރު ގެންނަވާ]
  • ބަލިޖެހިފައިވާ ލިމްފް ނޮޑުތައް ވަރަށް ހަލުވިކަމާއެކު ބޮޑުވުމާއި ރިއްސުމެއް ކަހަލަ ކަމެއްނެތި، ލިމްފް ނޯޑް ހަރުވުން
  • ވަރުބަލިވުމާއި ކަންނެއްވުން
  • ބަރުދަން ލުއިވުން
  • ހުންއައުމާއެކު ދާހިއްލުން

ހަށިގަނޑުގެ އެކި ހިސާބުތަކަށް މިބަލިޖެހުމުން ފެންނަ އަލާމާތްތައް ތަފާތު ވެއެވެ. މިސާލަކަށް މިބަލި މޭގައި އުފެދިއްޖެނަމަ ނޭވާލުމަށް ދަތިވެ ކެއްސާގޮތް ވެއެވެ. ބަނޑުގައި އުފެދިއްޖެނަމަ ބަނޑުފުފި ބޮޑުވާގޮތް ވެއެވެ. މިބަލި ދެނެގަތުމަށް ލޭގެ ޓެސްޓް، އެކްސްރޭ، ސީޓީ ސްކޭން، އަދި ބައިއޮޕްސީ ޓެސްޓް ހަދައެވެ.

  • އޮޕަރޭޝަން ކުރުން
  • ރޭޑިއޭޝަން ދިނުން
  • ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.

މަރުޖިޢުތައް

[އުނިއިތުރު ގެންނަވާ]
  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005
  翻译: